ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނަކީ ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޢުލޫމާތުތައް އެއްތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤުސަދު ހެދުމަށް ހަމަޖެހިފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.
”މި އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭ ވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެ“ އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު، މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ. މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 އޮގަސްޓް 23 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
https://forms.office.com/r/9pdRWwVL4J
އަންދާސީ ހިސާބު ހުށަހެޅުން 2025 ސެޕްޓެމްބަރު 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.




