މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ..
އެ މަޝްރޫއުގެ ދަށުން މަކުނުދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ޖާގަ އިތުރުކޮށް ފެންވަރު ރަނގަޅު ލެބޯޓަރީއެއްވެސް ގާއިމުކުރާނެއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ 104 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާއެވެ.


