ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކޯސްތަކެއް ކުރިއަށްގެންދަން ތައްޔާރުވެއްްޖެއެވެ.
މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ ކޯސްތަކެކެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން އަމާޒުކުރެވިފައިވާ އެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި އަތްތެރި މަސައްކަތް، ކުރެހުން، ކޭކް ކޯސް، ފެޝަން ޑިޒައިނިން، ގަހަނާ ހެދުން އަދި ފޮޓޯ ނެގުމުގެ ދާއިރާ ހިމެނެއެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީން އާންމުކުރި ގޫގްލް ޝީޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.
މި ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓް 2025 އެވެ.
އަދި މި ޕްރޮގްރާމުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ހޮޓްލައިން 1433 އަށާއި ވައިބަރ ނަންބަރ 7206558 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.



