ހިޔުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރަކަށް ސީބްރީޒް ސ. ހުޅުދޫ، އަހުމަދު މަޤުސޫމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 8 އަށް ހަމަވާތީއެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާނެއެވެ.
މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.
މި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް މުޙައްމަދު ޝަފީގު މަހުމޫދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ވަނީ މީގެ ކުރިން ފާސްކޮށްފައެވެ.
ރައީސް ފުރަތަމަ ފޮނުއްވެވި ދެ ނަމުގެ ތެރެއިން އެއް ބޭފުޅެއްގެ ނަން ފާސްނުވުމުން ދެވަނަ ފަހަރަށް ފޮނުއްވި ނަންތަކުގެ ތެރެއިން ރައީސް ފޮނުއްވެވި ތިން ބޭފުޅުންގެ ނަންވެސް އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް ޝަރުތުހަމަވާކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ބޭފުޅުންނަށް ވަކިވަކިން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެ ތިން ބޭފުޅުންގެ ތެރެއިން އެޗްއާރުސީއެމްއަށް މަޤުސޫމް އައްޔަން ކުރެއްވުމަށް ފާސްވެފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.


