މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަންގައި އެޕާޓްމެންޓަކާއި ދެ ސައިކަލު ބަލާ ފާސްކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި އެ އޮޕަރޭޝަންގައި 1،227.9 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހި ފެނިފައިވާ ކަމަށް ފުުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން 101،550 ރުފިޔާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ބަލައި ފާސްކުރި 2 ސައިކަލު މިހާރު ޓޯ ކޮށްފައި ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


