އިހުސާސްތައް ހިއްސާކުރުމާއި ގުޅޭގޮތުން އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އިން 17:30އަށެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީގައެވެ.
”މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައި“ ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން އެދެއެވެ.



