ހދ. ކުޅުދުއްފުށިން އިންޖީނު މަރާމާތުކުރުމަށްފަހު އެ ރަށު ފަޅުން ނުކުންނަން އުޅެނިކޮށް ފަރަށްއެރި ހއ. ކެލާގެ މުދާ އުފުލާ ބޯޓު ފުންކޮށްފިއެވެ.
ކުޅުދުއްފުށީ ފަރަށް އެރީ ކެލާއާއި މާލެއާ ދެމެދު މުދާ އުފުލުމުގެ ޚިދުމަތް ދެމުން އަންނަ ”ޑީއެމްއެލް އެކްސްޕްރެސް“ އެވެ.
އެ ބޯޓު ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިންޖީނު މަރާމާތު ކުރުމަށެވެ. އަދި އިއްޔެ ހަވީރު ބޯޓު ކެލާއަށް ދިއުމަށް ފަޅުން ނުކުންނަން އުޅެނިކޮށް އިންޖީނު ހުއްޓުމުގެ ސަބަބުން އޮޔާ ދިޔުމުން ފަރަށް އެރީއެވެ.
އެ ބޯޓު ފަރަށް އެރީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށެވެ.



