ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ އާ ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ވީއެމްސީން ބުނީ މި ލޯގޯ ފަރުމާކޮށްފައި ވަނީ ނޫ އުޑާއި، ކަނޑު އަދި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.
އެ ލޯގޯގައި ދޫނި ސޫފާ ސޫތްޕާއި،މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް ކުންފުނީގެ ނަން އިނގިރޭސި އަކުރުން ވަނީ ލިޔެފައެވެ.
އަދި އާންމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށްވެސް މި ބްރޭންޑިގގެ ތެރޭގައި ހިމެނޭއެވެ.
31 އޮގަސްޓް 2025ން ފެށިގެން ވީއެމްސީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ މަންޞަތަކާއި، ވަސީލަތްތަކެއްގައިވެސް ބޭނުން ކުރަމުންދާނީ އަލަށް ފަރުމާކުރެވުނު ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތައްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުންނެވެ.



