ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމު ކުރަން ފަށައިފިއެވެ.
މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން މެންބަރުން ހުވާކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަސްފަހުން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި ވަނީ ބުނެފައެވެ.
މެންބަރުންގެ މާލީ ބަޔާން ތައްޔާރުކޮށް ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަންޖެހެއެވެ.
މިގޮތުން މަޖިލިސް ވެބްސައިޓުގައި ވާގޮތުން 86 މެންބަރުންގެ މާލީ ބަޔާން މިއަދާއި ހަމައަށް ވަނީ އަޕްލޯޑް ކޮށްފައެވެ.
މެމްބަރުންގެ މާލީ ބަޔާން އާންމުކޮށްފައިވާއިރު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށްފަހު، މީސްމީޑިއާގައި މިހާރު ވަނީ މަޖިލީހުގެ މެންބަރުގެ ތެރެއިން އެއަރޕޯޓް ވީއައިޕީގެ ޚިދުމަތް އެންމެ ގިނައިން ހޯއްދެވި މެންބަރުންގެ މަޢުލޫމާތުވެސް ހާމަކޮށްފައެވެ.


