ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހ. ފެނިގެއްލިދާގޭގައެވެ.
އަލިފާން ރޯވެފައި ވަނީ އެގޭގެ ހަދަމުން އަންނަ ފަންގިފިލާއެއްގައި ހުރި ކުނިތަކެއްގައެވެ.
އެމްއެެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 08:19 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
”މިގޮތުން އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލެވުނީ 08:36 ހާއިރު“ އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



