ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ސްކޫލަށް މި އަހަރު ވަންނަ ދަރިވަރުންނަށް ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގެ ނަމުގައި ހާއްސަ ސްކޮލާޝިޕެއް ވަނީ ތައާރަފްކޮށްފައެވެ.
އެ ސްކޮލާޝިޕްގެ ފުރުސަތު ލިބޭނީ އެކަމަށް އެދި ހުށައަޅާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 30 ދަރިވަރުންނަށެވެ.
ނަމަވެސް ޝަރުތުހަމަވާ އަދަދު ހިމެނިގެން އެއަށްވުރެ ގިނަ ނަމަ، ސްކޮލަޝިޕް ލިބޭ ދަރިވަރުން ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ވީއައިއެޗްއެސް އިން ބުނެއެވެ.
މި ސްކޮލާޝިޕަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ނެޝަނަލް ޓޮޕް ޓެން ރޭންކުގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނައިގައި ހިމެނުނު ދަރިވަރަކަށް ވާންޖެހޭނެއެވެ.
ވީއައިއެޗް ސްކޫލްގެ ސްކޮލަޝިޕަށް އެދި ހުށައެޅުމުގެ ފުރުސަތު އެ ސްކޫލުން ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.




