ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސާބަސް ދެއްވައިފިއެވެ.
އެ ޓީމަށް ސާބަސް ދެއްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ މަނިކުފާނު މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ، ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ.
އެ ޓީމުގެ ކާމިޔާބީއަށް ރައީސް މަރުހަބާ ދަންނަވާފައި ވާއިރު، މި މަހުގެ 7 ވަނަ ދުވަހު ރައީސް ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ފޯނުން ގުޅުއްވާ ސުޕަ ކަޕް 2025ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމަށް ހިތްވަރުދެއްވާފައެވެ.
ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.



