އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ 17 އަހަރުންދަށުގެ ފިރިހެން ޓީމަށް، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.
ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 15 އިން 25އަށް އުރުދުންގެ ވެރިރަށް އައްމާންގައެވެ.
އެގޮތުން މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން 9 ގައުމަކުން ވާދަކުރާނެއެވެ.
އެއީ ކުވައިތު، ބަހްރެއިން، ހޮންކޮންގް، ޖޯޑަން، ޗައިނީސް ޓައިޕޭ، އިންޑިއާ، ދެކުނު ކޮރެއާ، އީރާން، އަދި ސީރިއާ އެވެ.
މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް، އޭޝިއާ ތަމްސީލުކުރާނީ އޮކްޓޯބަރު 24 އިން ނޮވެމްބަރު 1 އަށް މޮރޮކޯގައި ބާއްވާ ފުރަތަމަ ވޯލްޑް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގަ އެވެ.




