ހެލްތު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރަން 3 އަހަރު ދުވަހުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އެދިފައެވެ.
މިނިސްޓްރީން ބުނީ އެ އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެ ކަމަށެވެ.
އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތު މިނިސްޓްރީގައެވެ.
މިނިސްޓްރީން ވަނީ އެ އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް މެއިލް ކުރަން އެދިފައެވެ.
މިނިސްޓްރީން ބުނީ ރެޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.




