ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭތީ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާކަމަށާއި އޭނާގެ އިތުރުން
މި މައްސަލައިގެ ތުހުމަތުގައި އިތުރު 2 މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އޭނާ ހައްޔަރުކުރީ ކޮން މައްސަލައެއްގެ ޝަރީއަތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




