ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އަމަން އުއްލާ (44އ) ބަންގުލަދޭޝް އެވެ.
ފުލުހުން ބުނީ އެ މީހާ ހޯދަމުން ދަނީ ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ.
ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އޭނާއަށް ވަނީ ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.
އެހެންކަމުން ފުލުހުން ވަނީ އޭނާއަށް ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނަށް 2025 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އަންގާ އިއުލާނުކޮށްފައެވެ.



