އއ. ތޮއްޑޫގައި ’ހާލު ކިހިނެއް؟‘ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ ތޮއްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އެ މިނިސްޓްރީގެ ’ހާލު ކިހިނެއް؟‘ ޓީމުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
އަދި އެ ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއެކު ކަމަށް މިިނިސްޓްރީން ބުނެފައި ވެއެވެ
”މި ޕްރޮގްރާމްގެ ތެރެއިން ތޮއްޑޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ކުރިއަށްގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.



