މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން ނެރެފައިވާ މާލީ ރިޕޯޓުގެ ތަފާސް ހިސާބުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
އެގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 73 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %11 އިތުރު އަދަދެކެވެ.
މީގެ އިތުރުން މި އަހަރުގެ އޮގަސްޓުމަހު މުދަލު ޒަކާތުގެގޮތުގައި 8.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓުމަހު ވަނީ 7.4 މިލިޔަން ރުފިޔާ ލިބިފައެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.




