“އެހީވާނީ ކާކު؟“ ނަމުގައި އިސްލާމިކް މިނިސްޓްރީން ކުޑަކުދިންނަށް އަމާޒުކޮށްގެން ޕްރޮގުރާމެއް ބާއްވައިފިއެވެ.
އެ ޕްރޮގްރާމް ބާއްވާފައި ވަނީ ހެޔޮ ބިންގާ ޖަމްޢިއްޔާ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ.
މި ޕްރޮގުރާމު ނަންގަވައިދެއްވީ އައްޝައިޚް ޖައުފަރު ފާއިޒްއެވެ.
މި ޕްރޮގުރާމުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ކުދިންނަށް އެހީތެރިވުމާއި ގުޅޭ ގޮތުން ކަމަށެވެ.
އެގޮތުން މައިންބަފައިންގެ އިތުރުން ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާއި އެހީވާން ޖެހޭނެކަމާއި ކުދިން ހިތްހަމަ ނުޖެހޭ ކަންކަން ކޮށްގެން ނުވާނެކަން އެ ޕްރޮގްރާމްގައި ބުނެދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“މީގެ އިތުރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޞަޙާބީންގެ އެހީތެރިކަން ފޯރުވުމުގައި ދެއްކެވި ނަމޫނާއާއި ގުޅޭ ވާހަކަތަކާއި އެހިތެރިވުމަށް ކުދިންނަށް ކުރެވޭނެ ކަންކަންވެސް ކިޔައިދެއްވާފައިވޭ“ މިނިސްޓްރީން ބުނެފައިވެއެވެ.



