ކަނޑުތައް ގަދަވެ އަނެއްކާވެސް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރުނީ މިރޭ 10 ޖެހުމާ ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.



