ޅ. ހިންނަވަރުގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އޮފީސް ހުޅުއްވާދެއްވީ، އެމަނިކުފާނު މިހާރު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހިންނަވަރަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައެވެ.
މި އޮފީސް ހުޅުވުމަށްޓަކައި މިއަދު ހިންނަވަރުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ފެނަކަ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ހިންނަވަރު ދާއިރާގެ މެންބަރު އަދި އެރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އޮފީސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އާ އޮފީސް އިމާރާތުގެ އެކި ބައިތައް ވަޑައިގެން ބައްލަވާލައްވާފައެވެ.




