ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، ”އައްޑަނަ“ ގެ 38ވަނަ ޢަދަދު ނެރެފިއެވެ.
އަހަރަކު ދެ ފަހަރު ނެރެމުން އަންނަ އައްޑަނަ މަޖައްލާއަކީ، ރަޖިސްޓްރީކޮށްގެން 2007ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ.
މިގޮތުން މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައެވެ. މި އަހަރުގެ ނަޞްރުގެ ދުވަހު ނެރުނު ޢަދަދުގެ ތީމަކީ، ”ނަޞްރާއި ނަސީބު“އެވެ. މިގޮތުން ރާއްޖޭގެ ފުންނާބުއުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނާއި ދުނިޔެ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުންތައް ހިމަނާފައިވެއެވެ.
މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓާއި އައްޑަނަ ވެބްސައިޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.
މި ލިންކުން https://addana.mv/wp-content/uploads/2025/11/Addana-38_compressed.pdf މަޖައްލާ ޑައުންލޯޑް ކުރެވޭނެކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.




