އއ.މަތިވެރީގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 600 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ފޮނުވައިފިއެވެ.
ސްޓްލްކޯއިން ބުނީ، އއ. މަތިވެރިއަށް އުމްރާނީ ގޮތުން އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 600 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ފޮނުވާފައިވާ ކަމަށެވެ.
ސްޓްލްކޯއިން ބުނިގޮތުގައި، މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އއ.މަތިވެރީގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެއެވެ.

ސްޓްލްކޯއިން އިއްޔެވެސް ވަނީ ކ. ގުރައިދޫ އަދި އއ. ތޮއްޑޫ އަށް އިތުރު ޖެންސެޓް ފޮނުވާފައެވެ.




