ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ސްޓެލްކޯ އިން ވިލިމާލެއަށް އިތުރު ޖެނަރޭޓަރެއް ގެންގޮސްފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް މިހާރު ވަނީ 1200 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ގެންގޮސްްފައި ކަމަށެވެ.
އަދު މި ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވުމާއިއެކު، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޔަޤީންކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ޕީކް ސީޒަނާ ދިމާކޮށް ސްޓެލްކޯއިން ދަނީ މުޅި ރާއްޖޭގައި ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އާ ޖެނެރޭޓަރު ބޭނުންވާ ރަށްތަކަށް އެ އެއްޗެހި ގެންދިއުމުގެ އިތުރުން، މަރާމާތުކުރަންޖެހޭ ސެޓްތައް ވެސް ދަނީ މަރާމާތުކުރަމުންނެވެ.
މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.




