ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލޭ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ވެމްކޯއިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށެވެ.
މި ދުވަސްތަކުގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 14:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ކަމަށް ވެމްކޯއިން ބުންޏެވެ. މި މުއްދަތުގައި، މެންދުރުފަހު 13:00 އިން 14:00 އަށް ގޭގެއިން ކުނި ރެޑީކޮށްފައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
މީގެ ކުރިން ވެމްކޯއިން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކުނި ނަގަމުން އައީ ރޭގަނޑު 08:00 އިން ފެށިގެން 11:00 އާއި ދޭތެރޭގެ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ހޮޓްލައިން 1666 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.




