ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީ އިން ހުޅުމާލޭގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.
މިއަދު ހަވީރު 4 އިން 6 އަށަށް ހުޅުމާލޭ ޗެނަލް ޕާކު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ދެ އަހަރުގެ މުއްދަތުގައި މިނިސްޓްރީން ހޯދާފައިވާ ކާމިޔާބީތައް އާއްމުންނަށް ހާމަކޮށް، އެކަންކަން ފާހަގަކުރުމެވެ.
ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މިއީ މިނިސްޓްރީގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެއެވެ.
”ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަކުރުމަށް އަޅުގަނޑުމެންގެ ވުޒާރާއިން މި ކުރިއަށްގެންދަނީ އައިލީ ހަވީރެއް. މި ހަވީރަށް ވަޑައިގަންނަވާ ހުރިހާ ފަރާތަަކަށްވެސް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތައް، ވަކިވަކި ޑިޕާޓްމެންޓުތަކުން ކުރަމުންދާ މަސައްކަތްތައް ދައްކާލާނެ. މިސާލަކަށް ވޭސްޓް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކުރަމުންދާ މަސައްކަތްތައް މި ހަރަކާތުގެ ތެރެއިން ދައްކާލާފައިވާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މި ސްޓޯލްތަކުގައި އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން އެކި ކުޅިވަރުތައް ހިންގާފައިވެއެވެ.




