ދާދި ފަހުން މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ޓްރެންޑްވި ލަބޫބޫ ބުދަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.
2015 ގައި މާކެޓަަށް ނެރުނު ލަބޫބޫ ބުދަށް ފިލްމެއް ހެދުމުގެ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯއެއް ކަމަށްވާ ސޮނީ ޕިކްޗާސްއިންނެވެ.
ސޮނީ ޕިކްޗާސްއިން ވަނީ ލަބޫބޫއަށް ހާއްސަކޮށް ފިލްމެއް ހެދުމުގެ ހައްގު، އެ ބުދު އުފައްދާ ޗައިނާގެ ކުންފުނި، ޕޮޕް މާޓުން ހޯދާފަ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ސޮނީ ޕިކްޗާސްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ލަބޫބޫ އަށް ބިނާކޮށް ގެނެސްދޭ ފުރަތަމަ ފިލްމަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބެއް ބަލައިފައި އެ ފްރެންޗައިޒަކަށް ހަދާނެ ކަމަށެވެ.
ނަމަވެސް، މި ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފްސީލުތައް ސޮނީ ޕިކްޗާސްއިން އަދި ހާމައެއް ނުކުރެ އެވެ.




