އެސްޓީއޯއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން އަލަށް ގެންނަ ހަތާވީސް ހާސް ޓަނުގެ ބައިނަލްއަގުވަމީ ތެޔޮ ޓޭންކަރުގެ މަސައްކަތް ކުރުމަށް ތަޖުރިބާކާރު ކްރޫއިން ހޯދުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން މިފަހަރު އެސްޓީއޯއިން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި:
- ޗީފް އިންޖިނިއަ
- ޗީފް އޮފިސަރު
- އިލެކްޓްރިޝަން
- ވެލްޑާ
- ސީމެން
- ބޯސަން
- ކައްކާ
- މާސްޓާ
- މެސްބޯއި
- އޮއިލާ
މި މަގާމުތަކަށް މުސާރައިގެ ގޮތުގައި 16،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ (ވަޒީފާ އަދާ ކުރާ މަގާމަށް ބިނާކޮށް) ލިބިގެންދާނެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި، މިއީ މެރިޓައިމް ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނުހަނު އަގުހުރި ފުރުސަތެކެވެ.
އެސްޓީއޯއަކީ ކޮންމެ ދާއިރާއަކުންވެސް މުވައްޒަފުން ކުރިއެރުވުމަށް މަސައްކަތްކޮށް، އެފަދަ ފުރުސަތުތައް ހޯދައިދޭ ކުންފުންޏެކެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އެސްޓީއޯގެ ޖޮބް ޕޯޓަލް https://sto.mv/careersމެދުވެރިކޮށް މިހާރުން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.




