އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް 12،000ރ. އާ ހަމައަށް އެލަވެންސް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިޖްތިމާޢީ ރައްކާތެރިކަން ޤާއިމު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް ބޮޑުކުރުމުގެ ނިންމެވުން ހިމެނެއެވެ.
”ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވެންސް އަޅުގަނޑު ވައުދުވި ގޮތަށް 3،000ރ. މި ބޮޑު ވަނީ، ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑު ވަނީ، ހަތަރު ކުދިންނާއި ހަމައަށް 12،000ރ. އާ ހަމައަށް ބޮޑުވެގެން ދާނެ،“ ރައީސް ވިދާޅުވިއެވެ.
އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.




1 Comment
ހެޕީ އެންޑް ސޭޑް އެޓް ދަ ސޭމް ޓައިމް!