އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރޫޤަށް އަނެއްކާވެސް މިއަދު ގެއްލުންތަކެއް ދީފިއެވެ.
މި މިސްކިތަށް ގެއްލުންދީފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް މި މިސްކިތަށް ގެއްލުންތަކެއް ދީފައިވަނިކޮށެވެ. އެގޮތުން މިފަހަރު ވެސް މިސްކިތުގެ ގޮނޑިތަކާއި ކަރަންޓު ބޯޑަށް ގެއްލުންތަކެއް ދީފައިވެ އެވެ.
ފުލުހުން ވަނީ މީގެކުރިން މި މިސްކިތަށް ގެއްލުންދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
މިސްކިތައް ގެއްލުން ދިނުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.



