ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ނ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މިސަރަހައްދަށް ހުދު ސަމާލު ނެރުނީ، މިއަދު ހަވީރު 17:00 އިން މިރޭ 22:00 އަށެވެ.
ހަފްތާ ބަންދަށްފަހު، ރެއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ބޯކޮށް ވާރޭ ވެހި ގުގުރަމުންދާއިރު، މެޓުން ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވިއްސާރަ ވާނެއެވެ.
އަދި ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާ އަށް ކަމަށްވެސް މެޓުން ބުނެފައިވެއެވެ.



