އާރްޑީސީން މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަން އަތޮޅު ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފުޓިންގ ކާސްޓިންގގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.

ހިންނަވަރުގެ ތަރައްޤީއަަށްޓަކައި ސަރުކާރުން ހަވާލު ކޮށްގެން އާރްޑީސީން ވަނީ އެ ރަށުގައި އިތުރު މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އާރްޑީސީއާ ހަވާލުކޮށްފައިވާ ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެ ކޯޕަރޭޝަނުން ވަނީ މިއަހަރުގެ ޖޫން މަހު ނިންމާލާފައެވެ.
މީގެއިތުރުން ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫއުތައް ވެސް އާރްޑީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.