މާލެ އާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމެންޓުން ފާއިތުވި 48 ގަޑިއިރު ތެރޭ 554 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 554 ތަނެއް ބަލާ ފާސްކޮށް، 70 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން 554 ތަނެއް ބަލާ ފާސްކުރުމުގެ އިތުރުން އެއް އުޅަނދު ވެސް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މީގެ ތެރެއިން 8 ފުޓް ޕެޓްރޯލް ވެސް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ހިދުމަތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގައި ގާއިމުކޮށްފައިވެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާއިރު، އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އެ ގާނޫނަށް އަމަލުކުރަން ވެސް ވަނީ ފަށައިފައެވެ.



