ހުޅުމާލެ އަދި މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދީފިއެވެ.
ސްޓެލްކޯ އިން ދާދި ދެންމެ ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި ކަމަށެވެ.
ސްޓްލްކޯއިން ބުނީ، ކަރަންޓު މެދުކެނޑެން ދިމާވީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފް ވުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް މައްސަލަ ހައްލުކޮށް މިހާރު ވަނީ ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދެވިފައި ކަމަށް ސްޓްލްކޯއިން ބުންޏެވެ.
ސްޓްލްކޯއިން އިތުރަށް ބުނީ، މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓްލްކޯއިން ވަނީ މައާފަށް އެދިފައެވެ.



