މ.މާމުޓާ ކިޔާ އިމާރާތެއްގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އަލިފާން ރޯވީ މީހުން ދިރި ނޫޅޭ ފަޅު އިމާރާތެއްގައެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ ރިޕޯޓް މްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ ފަތިހު 04:11 ހާއިރު ކަމަށެވެ.

އެރިޕޯޓް ލިބުމާއެކު އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 04:46 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.



