ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޕީއެސްއެމުން އިސްނަގައިގެން ދިވެހި 37 މީޑިއާއަކާ އެކު ފެށި ޚާއްސަ ޓެލެތޯނު މިއަދު މެންދުރާ ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމައިފިއެވެ.
ޓެލެތޯން ފެށުނީ އިއްޔެ ހެނދުނު 9 ޖެހިއިރުގައެވެ. އޭރު މި ޓެލަތޯން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ރޭ 1 ޖެހުމާހަމައަށެވެ. ނަމަވެސް މިހާރު މިވަނީ މި ޓެލެތޯން ހުއްޓާ ނުލާ މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިހާތަނަށް ވަނީ 5 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 40 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.
މި ޓެލެތޯނަކީ އަވަށްޓެރި ސްރިލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ ޓެލެތޯންއެކެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދިވެހި ރުފިޔާއިން ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން: 7730000796107
ޑޮލަރުން ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން: 7730000796106




