ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ރ. ދުވާފަރަށް ނިސްބަތްވާ 14 އަހަރުގެ ޝިބާ ރަޝީދެވެ. އެ ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ އާއިލާއަށް ހަބަރެއް ނުވެގެންނެވެ.
ފުލުހުން ބުނީ، 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ޝިބާ އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ހަމަ އެދުވަހުގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ ކުއްޖާ މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގެއަށް އާއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.



