ގ.އ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ އަދާހަމަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ސޯސަން މަގު އަދި އަމީނީމަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެ ރަށުގެ ގެޕް ފިލިންގ އާއި މަގު ލެވެލް ކުރުމުގެ
މަސައްކަތްވެސް ކުރަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަށް އާރްޑީސީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިވަގުތުވެސް ނޯތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކާއި ސައުތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކުގެ މަގުތައް ތަރައްގީ ކުރުމާއި ދުވާރު ރަނގަޅު ކުރުމުގެ ބުރަ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.




