ގއ. ވިލިނގިލީ ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް އެކޮމޮޑޭޝަންގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ވަނީ މަސައްކަތުގެ އަދާހަމަ މިއަދު އެކްސްގައި ޕޯސްޓުކޮށްފައެވެ.
އާރްޑީސީން ބުނީ މިއީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓްގެ ދަށުން ކުރިއަށްދާ މަޝްރޫއުއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ރެއިންފޯސްމަންޓް ބެންޑިންގގެ މަސައްކަތް ކަމަށް އާރްޑީސީން ބުންޏެވެ.

މީގެއިތުރުން އާރްޑީސީން ބުނީ ޓީ ބީމް ކޮންކްރީޓްގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.



