ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ޑްރަޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ އެމީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް މިއަދު 10:38 ހާއިރު ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމީހާއަށް އަނިޔާވީ ކިހިނެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އެހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެެވެ.
މަރުވެފައިވަނީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.



