އއ. ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު ހިމެނޭހެން އެ ރަށުގެ ހަތް ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އާދަމް ނަވީން އެވެ. ނަވީން މި ގޮނޑި ކާމިޔާބުކުރީ 604 ވޯޓް ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބުނީ 564 ވޯޓެވެ.
ކައުންސިލްގެ އެހެން މަޤާމުތަކަށް ބަލާއިރު، އަންހެން މެންބަރު ކަމުގެ ގޮނޑި ޕީއެންސީ ކެންޑިޑޭޓް މަރިޔަމް ސުޒީ ވަނީ 719 ވޯޓާއެކު ކާމިޔާބު ކޮށްފައެވެ. އަދި ކައުންސިލް މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީވެސް ޕީއެންސީގެ ދެ ކެންޑިޑޭޓުން ކަމަށްވާ މޫސާ އަނިލް އާއި އަލީ ރިޝާން އެވެ. މޫސާ އަނިލް 591 ވޯޓް ހޯދިއިރު، އަލީ ރިޝާން ވަނީ 565 ވޯޓް ހޯދާފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމުވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ މަޤާމަށް އިންތިޚާބުވި އައިމިނަތު ސިމްލާ ވަނީ 654 ވޯޓް ހޯދާފައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އަޒީލާއަށް ލިބިފައިވަނީ 440 ވޯޓެވެ.
މީގެ އިތުރުން، އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ތިން މަޤާމުވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ އައިމިނަތު އިފްނާ އާއި ނަބީލާ އާދަމް އާއި ޙައްވާ މަލީސާ އެވެ.




1 Comment
ތޮއްޑޫ މީހުންނަށް އެނގޭ ތަރައްގީ ގެންނަން