އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްނުވާ ނަމަ، އެ ގައުމުގެ މުޅި އާބާދީ މިރޭ ނެތިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
ޓްރަމްޕް މި އިންޒާރު ދިނީ އޭނާގެ އަމިއްލަ މީސްމީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރޫތު ސޯޝަލް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޓްރަމްޕް ބުނިގޮތުގައި އީޓީ ގަޑިން މިރޭ އަށެއް ޖެހުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން އެއްބަސްވެ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލަން ޖެހޭނެއެވެ. އެހެން ނޫން ނަމަ، އީރާންގެ އެތައް ހާސް އަހަރުވީ ތަހުޒީބެއް މިރޭ ނެތިކޮށްލާނެ ކަމަށާއި، އެއީ އަލުން އަނބުރާ ދުވަހަކުވެސް އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
އީރާނުގެ 90 މިލިއަން މީހުންގެ އާބާދީއަށް ސާފު ފެން ފޯރުކޮށްދޭ ކަރަންޓު އުފައްދާ ޕްލާންޓުތަކާއި ފެން މީރުކުރާ ޕްލާންޓުތައް ހިމެނޭ ގޮތަށް، އާންމު އިންފްރާސްޓްރަކްޗާއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދީފައެވެ.
މިއީ ފަހަކަށް އައިސް ޓްރަމްޕް އީރާނަށް އަމާޒުކޮށް ދިން އެންމެ ހަރުކަށި އިންޒާރެވެ.




