ޖެނީވާގައި އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އިއްޔެ އަލުން އިޔާދަކޮށްފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން، މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްކުވި ފަހުން ސަލްމާ އަދި އަސްމާގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.
ސަލްމާއަކީ އަސްމާގެ އެއްބަނޑު އެއްބަފާ ދައްތައެވެ.
ސަލްމާގެ މަގާމު އިއްޔެ އަލުން އިޔާދަކޮށްފައިވީނަމަވެސް، މުންދު އަލުން އެ މަގާމަށް އައްޔަނު ނުކުރާކަން ވަނީ އެނގިފައެވެ.
މުންދުއާއި ސަލްމާގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް ވެސް ހުންނެވީ މި ސަރުކާރުގެ އިސް މަގާމެއްގަ އެވެ. ޖެންޑާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވުމަށް ފަހު އޭނާ ފަހުން ބަދަލު ކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނަމަވެސް އައިންތުގެ މަގާމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.




