ކުޅުދުއްފުށި ސިޓީ މޫދު އަޑިން ފެނުނު ދިވެހި މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހދ. ކުޅުދުއްފުށި، ބަޑިފަސްގަޑުގެ، ސުލައިމާން ހުސައިން (59އ)އެވެ.
ފުލުހުން ބުނީ، އެމީހާ ގެއްލުނު ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދުގެ މެންދުރު 13:48 އެހާކަންހާއިރު ކަމަށެވެ. އެއާއެކު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެމީހާ ފެނިފައިވަނީ 15:00 އެހާކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެމީހާ ފެނުމާއި އެކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި މިހާރު އެމީހާ ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



