ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި ޑައިވް ރެކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމުގެ ގޮތުން މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީއިން ބުނިގޮތުގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.
މާލޭ ސަރަހައްދުގައި ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި އެކަމުގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ، csr@hdc.mvއަށް މެއިލް ކުރުމަށް އެޗްޑީސީއިން އެދިފައިވެއެވެ.
އެޗްޑީސީން ވަނީ ތިމާވެށީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޖަމްއިއްޔާތަކުން ދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކޮށްފައެވެ.



