ސައިކަލެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ށ. މިލަންދޫއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މިލަންދޫއަށް ނިސްބަތްވާ، މުހައްމަދު ޒަހުނީ / ކުދިވިނަ (27އ) އާއި އެރަށު މުހައްމަދު ސިނާން / ސިނަމް (24އ) އެވެ.
ކޯޓު އަމުރެއްގެ ދަށުން އެދެމީހުން މިހާރު ހައްޔަރުކޮށްފައިވާ އިރު، މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ވަނީ އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.
މައުލޫމާތު ލިބޭ ގޮތުން ސައިކަލުގައި ރޯކޮށްލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މިލަންދޫ އިރުމަތީ ފަރާތުން ރިންގްރޯޑް، ކަނޑޫފާ ސަރަހައްދުންނެވެ.
އެ ދެމީހުންގެ މައްޗަށް ކޮށްފައިވަނީ، މުދަލަށް ގެއްލުންދިނުމާއި ވައްކަންކުރުމާއި މުދަލަކުން ހުއްދަ ނޫން ބޭނުުންކުރުމުގެ ތުހުމަތެވެ.



