މާތިލާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް، އޭގެއިން ދަތުރުކުރި ގިނަ އަދަދެއްގެ ބަޔަކު ކަނޑުވެއްޖެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ މެރިން ޕޮލިސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ، މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން، މީހުން ސަލާމަތްކުރުމަށްޓަކައި މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
ކަނޑުވި މީހުންގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލޯންޗުގެ އެއްބައި ވަނީ ކަނޑު އަޑީގައެވެ. އަދި ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ލައިފްޖެކެޓް އަޅައިގެން ކަނޑުމަތީގައި ތިބި މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.




