ޅ. މާފިލާފުށިން މާލެއަށް ދަތުރު ކުރަނިކޮށް ފަޅައިގެން ގޮސް ކަނޑުވީ، ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގައި ބައިވެރިވި ކުދިން ގޮވައިގެން ދަތުރު ކުރި ލޯންޗެއްކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މާފިލާފުށިން މާލެ އަށް ދަތުރުކުރި އެއް ލޯންޗު، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ”ކަނޑަށް ބާލާފައި“ ކަމަށެވެ.
އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށް ފަހު މާލެ އަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އުޅަނދުގައި ގާތްގަނޑަކަށް 60 ކުދިން ތިބިއިރު، ބައެއް ކުދިން މިހާރު ވަނީ މާލެ ގެނެސްފައެވެ.



