އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ކުރިން ބުނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް، އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި ކަމަށެވެ.
އެގޮތުން ހޯދަމުން ދިޔައީ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި މިދިޔަ މާރިޗް މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި، ލ. މާބައިދޫ، ޝަބްނަމް ހައުސް / ހުސެއިން ޝަހްބާން (29އ.) އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަމުގައި ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ފުލުހުން މަައުލޫމާތު ދީފައިވާ ގޮތުގައި، ޝަހްބާން ފިލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ މިހަރު ވަނީ ހޯދައި، ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.




