ހުޅުމާލެ ފަޅުތެރެއަށް، މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެންމެ ވިދާޅުވީ މިއަދު އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހޯދަމުން އަންނަނީ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެންނެވެ.



